ބޯހިޔާވަހިކަމުގެ ބަޖެޓުން ލިބުނު ބޯހިޔާވަހިކަމެއް ނެތް، ބެއިންދުނު ގާބުރިއެއްވެސް ނެތް: މަޢުރޫފް
ސަން
29 ޑިސެމްބަރު 2025 | ހޯމަ | 2:58
ނިމެން ގާތްވެފައިވާ މި އަހަރަށް ސަރުކާރުން ބޯހިޔާވަހިކަމަށް ޚާއްސަކުރި 1.8 ބިލިއަން ރުފިޔާއިން އާންމުންނަށް ލިބުނު އެއްވެސް ގެދޮރުވެރިކަމެއް ނެތް ކަމަށާއި، މި ސަރުކާރުން ފަށާނެ ކަމަށް ބުނި ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއްވެސް ނުފަށާ ކަމަށް، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މަޢުރޫފް ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކައި އެ ތަނުން 25،000 ގޯތި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ވާހަކަފުޅު ގަބޫލުކުރާނެ ރައްޔިތަކު ނެތް ކަމަށެވެ.
"ހަމަބުއްދި ހުރި ކޮންމެ މީހަކަށް އެބަ އެނގޭ، ރައީސުލްޖުމްހޫރިއްޔާ 2025ވަނަ އަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ވަނީ، 2025ވަނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ފަތުއަޑުގައި ހިނގައި، ހަމަ އެހެންމެ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ފާސްކުރެވިގެން ގޮސް ބޯހިޔާވަހިކަމުގެ ޚާއްސަ އަހަރެއްގެ ގޮތުގަ،" މަޢުރޫފް ވިދާޅުވިއެވެ.