ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރާ ދެކޮޅަށް ފަސް ދައުވާއެއް
ސަން
29 ޑިސެމްބަރު 2025 | ހޯމަ | 4:09
ދަރިވަރަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓީޗަރާ ދެކޮޅަށް ދައުލަތުން ފަސް ދައުވާއެއް އުފުލައިފިއެވެ.
އުމުރުން އެންމެ 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ދިވެހި ފިރިހެން ޓީޗަރެކެވެ. މިއީ މާލޭގައި ހިނގި ހާދިސާއެކެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މާލޭގެ ސްކޫލެއްގައި ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ ދަރިވަރަކަށް ޓިއުޝަން ނަގައިދޭން ގޮސް ކަމަށް ވެސް އެނގިފައިވެއެވެ.