ޕެންޝަން އޮފީހުގެ ސީއެފްއޯއެއް ނެތި ދެ މަސް ވަނީ؛ ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި
ސަން
29 ޑިސެމްބަރު 2025 | ހޯމަ | 7:35
ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)އެއް ގާތްގަނޑަކަށް ދެ މަސް ދުވަސް ވެފައިވާއިރު، އެ މަގާމަށް މީހަކު ހޯދަން ދެވަނަ ފަހަރަށް މިއަދު އިއުލާނުކޮށްފިއެވެ.
އެއްވެސް ސަބަބެއް ވިދާޅުނުވެ، އެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ އިސްތިއުފާ ދެއްވީ، މިދިޔަ މަހު ހަތަރެއްގައެވެ.
އޭގެފަހުން، މިހާރު ދޮޅު މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ޕެންޝަން އޮފީހަށް ސީއެފްއޯއެއް ހޯދަން ފުރަތަމަ އިއުލާނުކުރީ، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހެވެ. އެ އިއުލާނުގައި މަގާމަށް ކުރިމަތިލާން މުއްދަތު ދީފައި އޮތީ އަންނަ ބުދަ ދުވަހުގެ 15:00އާ ހަމައަށެވެ.