ނަޝީދާއި ޞާލިޙް އެއްކޮށް ފެނުމުން އާ ދިރުމެއް ލިބި، ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ އުއްމީދު ލިބިއްޖެ: ޝާހިދު
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 12:20
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ދެބަސްވުންތަކާ ގުޅިގެން ދެ ބޭފުޅުން ދުރުވުމަށްފަހު، އަލުން ދެ ބޭފުޅުން އެކުގައި އެމްޑީޕީއަށް އާ ދިރުމެއް ލިބި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ އުއްމީދު ލިބިއްޖެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޝާހިދު އިޝާރާތް ކުރެއްވީ، މިދިޔަ ބުދަ ދުވަހު ނަޝީދާއި ޞާލިޙް ބައްދަލުކުރެއްވުމަށެވެ. އެއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ބޭއްވި ޕްރައިމަރީއާ ގުޅިގެން ޞާލިޙާއި ނަޝީދުގެ ފެކްޝަނެއް އެމްޑީޕީގައި އުފެދި، ޕާޓީ ބައިބައިވެ، ނަޝީދު އެމްޑީޕީ ދޫކުރެއްވި ފަހުން އެ ބޭފުޅުން އެގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
://../215783