އަންނަ ރޯދަ މަހަށް ބޭރުން ހާފިޒުން ގެންނަން ވިސާއަށް އެދެން ހުޅުވާލައިފި

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 12:31

އަންނަ ރޯދަ މަހު މިސްކިތްތަކުގައި ތަރާވިހު ނަމާދުކޮށް، ހިފުޒު ކުރުމަށް ރާއްޖޭން ބޭރުން ގާރީން ނުވަތަ ހާފިޒުން ގެނައުމަށް ވިސާއަށް އެދެން އިމިގްރޭޝަނުން އިއްޔެ ހުޅުވާލައިފިއެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، ރޯދަ މަހު މިސްކިތްތަކުގައި ތަރާވިހު ނަމާދު ކުރުމަށާއި ހިފުޒު ކުރުމަށް ގާރީން ނުވަތަ ހާފިޒުން ގެނައުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ މީހުންނަށް އެ ހާފިޒުން ގެންނަން ވިސާއަށް މިހާރު ހުށަހެޅޭނެ ކަމަށެވެ.

މިގޮތުން، ޝަރުތު ހަމަވާ ހާފިޒުން ގެނައުމަށް ފީއެއް ނުދައްކައި، އެ މީހަކު ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ޚާއްސަ ވިސާއެއް ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މައުޟޫޢުތަށް