މި ސަރުކާރުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 15ގައި ހުޅުވައިލަނީ
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 12:37
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހުގެ 15ގައި ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން މިރޭ އިއުލާންކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިއުލާނުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފުލެޓާއި ގޯތި ދޭނެ ގޮތުގެ އުސޫލު އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.
އެ އުސޫލާ ގުޅުވައި ހައުސިން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ވަނީ، ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖަނަވަރީ 15އިން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.