މާޗުގެ ކުރިން "ވާނުވާ" ހައްލުކުރުމަށް އެވަރެޖްކޮށް މަހަކު 52 މައްސަލަ ނިންމަންޖެހޭނެ: ޝަމީމް

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 10:14

އެކި ކުށްކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ، ނުވަތަ "ވާނުވާ"ގެ މައްސަލަ އަންނަ މާޗް މަހުގެ ނިޔަލަށް ހައްލުކުރުމަށްޓަކައި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން އެވަރެޖްކޮށް މަހަކު 52 މައްސަލަ ނިންމަންޖެހޭނެ ކަމަށް، ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމްގެ އަމިއްލަ ބްލޮގުގައި މިއަދު ލިޔުއްވި ލިއުމެއްގައިވަނީ، ވާނުވާ ބަންދުގައި މިވަގުތު ތިބި މީހުންގެ އަދަދު ރިއަލްޓައިމްގައި ސާފުކުރެވޭނެ ގޮތް އަދި ފެންނަން ނެތް ނަމަވެސް، ސަރުކާރުގެ ރަސްމީ ލިޔުންތަކާއި އޭނާގެ ތަޖުރިބާގެ އަލީގައި، އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގެ އަލީގައި އެ އަދަދު 300 އަށްވުރެ ގިނަވާނެ ކަމަށެވެ.

އޭގެ ތެރެއިން 145 މީހުންގެ މައްސަލަ އޮތީ އަތޮޅުތަކުގެ މެޖިސްޓްރޭޓު ކޯޓުތަކުގައި ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ހަވާލާދީ ޝަމީމް ލިޔުއްވާފައިވެއެވެ.

މައުޟޫޢުތަށް