41 މީޑިއާއެއް މާލީ އެހީއަށް ޝަރުތު ހަމަވެއްޖެ

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 10:01

އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ ފައިސާގެ އެހީއަށް 41 މީޑިއާއަކުން ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން އިއްޔެ ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ އެހީއަށް ހުށަހެޅުމަށް ޓަކައި 57 މީޑިއާއަކުން ޕްރޮފައިލް ހެދި ކަމަށާއި ޝަރުތު ހަމަވީ 41 މީޑިއާ ކަމަށެވެ.

މީޑިއާތަކަށް ލިބުނު މާކްސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި، ޝަރުތު ހަމަވި މީޑިއާތަކަށް އެހީގެ ގޮތުގައި ޖުމްލަ 27.9 މިލިއަން ރުފިޔާ ދޭން ނިންމައިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެއީ ދައުލަތުގެ އާމްދަނީގެ 0.1 އިންސައްތައެވެ. އެހީއަށް ހުށަހެޅުމުގެ ސުންގަނޑި ހަމަވުމާއެކު އަށް ޝަކުވާ ލިބުނުއިރު ތިން ޝަކުވާ ބަލައިގަތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

މައުޟޫޢުތަށް