އެމެރިކާގެ ސަބަބުން މަސްރަހު ހޫނުވެފައި ވަނިކޮށް ޗައިނާގެ ދާޚިލީ ކަންކަމާ ނުބެހެން ރާއްޖޭން ގޮވައިލައިފި
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 10:26
އެމެރިކާއިން ޗައިނާއަށް 10 ބިލިއަނެއްހާ ޑޮލަރަށް އަގުއަރާ މިންވަރަށް ހަތިޔާރު ވިއްކަން ނިންމައި، ޗައިނާއާއި ޓައިވާނާ ދެމެދު މަސްރަހު ހޫނުވެފައިވަނިކޮށް ރާއްޖެއިން ޗައިނާއާއެކު ދެމި އެބައޮތް ކަމަށާއި، ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ ރާއްޖޭން ގަބޫލުކުރާ ހަމައެއް ނޫންކަމަށް ދިވެހި ސަރުކާރުން ރޭ ބުނެފިއެވެ.
ޗައިނާއިން ވަކިވެ އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަ ޓައިވާން ވަށައި، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ދުއްވަމުން އަންނަތާ މިއަަދަކީ ދެވަނަ ދުވަހެވެ.
ޗައިނާއިން ވަނީ އެކި އަސްކަރީ އުޅަނދުތައް، ޓައިވާން ހިމެނޭ ސަރަހައްދަށް ފޮނުވައިފައެވެ. އެ ގައުމުން ބުނާ ގޮތުގައި އެއީ، ވަކިވެގަތުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށާއި "ބޭރުގެ ބާރުތަކަށް" ހަމަލަ ދިނުމަށެވެ.