ރޭޕްގެ މައްސަލައިގައި، ދޮޅު އަހަރު ފިލައިގެން އުޅުނު އިޒާމް 15 އަހަރަށް ޖަލަށް
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 10:56
ރޭޕްގެ ތުހުމަތު ކުރެވުމާއެކު ފިލައިގެން އުޅުނު މީހެއްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ، 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ރޭޕްގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ، އިޒާމް ޒާހިރު، 25، ސަބާހާ މަންޒިލް/ ގދ. ވާދޫ އެވެ.
އިޒާމަކީ މިދިޔަ ދޮޅު އަހަރު ކޯޓަށް ހާޒިރުނުކުރެވިގެން ހުކުމް ނުކުރެވި އޮތް މީހެކެވެ. އޭނާ ފިލައިގެން އުޅުމަށް ފަހު ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.