ކެންސަރާއި ތެލެސީމިއާ ހޮސްޕިޓަލް އަދި ނޭޅުނުނަމަވެސް ފަރުވާ ފުޅާ ކުރެވިއްޖެ: ނާޒިމް
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 11:52
މުހިންމު ތިން ދާއިރާއަކަށް އަޅަން ނިންމި ވަކިވަކި ހޮސްޕިޓަލްތައް އަދި އަޅައި ނުނިމުނު ނަމަވެސް, އެ ދާއިރާތަކުން ދޭ ފަރުވާގެ ފެންވަރު މިހާރު ރަނގަޅު ކޮށްފައިވާ ކަމަށް, ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް ރޭ ވިދާޅުވެއްޖެއެވެ. ތުއްތު ކުދިންނާއި މައިންނަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމާއި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ އިތުރުން ކެންސަރު ބައްޔަށް ފަރުވާ ދޭ ހޮސްޕިޓަލެއް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް, އަވައްޓެރި އިންޑިއާގެ އެހީގައި އެޅުމަށް ނިންމާފައިވާކަން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އިއުލާން ކުރިއެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. އަދި މި ސަރުކާރުން ވަނީ ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް, މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު މެލޭޝިއާ ކުންފުންޏަކާ ހަވާލު ކޮށްފައެވެ. ނަމަވެސް އެ ޕްރޮޖެކްޓްގެ ވެސް މާ ބޮޑު އަމަލީ މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ.
://./185897 އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ދާއިރާތަކަށް ޚާއްސަ ހޮސްޕިޓަލްތަކެއް އަޅަން ޖެހެނީ ރާއްޖޭގެ ބަލިމަޑުކަން ހުރިގޮތަށް ބަލާއިރު އެ ދާއިރާތަކަކީ ޚާއްސަ އިސްކަމެއް ދޭން ޖެހޭ ދާއިރާތައް ކަމަށްވުމުން ކަމަށެވެ.
ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީގައި އެ ހޮސްޕިޓަލްތައް އިމާރާތް ކުރުމުގެ މަސައްކަތް ފަށަން ވަރަށް ބާރަށް މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ބައެއް ކަންކަމުގައި އެއްބަސް ނުވެވޭތީ އިތުރު މަޝްވަރާތައް އަންނަނީ ކުރައްވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.