4 މިލިއަންގެ ޕްރޮޖެކްޓެއް ހިރިމަރަދޫގައި ހިންގަން ދިންތާ މާ ދުވަހެއްނުވެ އެ ރަށު މީހުން ހަނިމާދޫއަށް ބަދަލުކުރަން ގަރާރު ނެރުއްވައިފި

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 12:24

އާބާދީ ވަރަށް މަދު ހދ. ހިރިމަދޫން މީހުން ބަދަލު ކުރާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން އިއުލާން ކުރައްވައިފައިވަނިކޮށް ހަތަރު މިލިއަންގެ ޕްރޮޖެކްޓެއް ހިންގަން ވެސް ހަވާލުކުރި ފަހުން އެ ރަށު މީހުން ހަނިމާދުއަށް ބަދަލުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ގަރާރު ނެރުއްވައިފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި, ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުން ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އަރުވައިފައެވެ.

://./213609

މައުޟޫޢުތަށް