ގޭންގެއް ކަމަށް ކަނޑައަޅަން ފުލުހުން ޕްރޮސެކިއުޓަރު ޖެނެރަލަށް މައްސަލައެއް ފޮނުވައިފި

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 12:41

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ގޭންގެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލައެއް ފޮނުވާފައިވާކަން، ފުލުހުން މިއަދު ހާމަކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓު އިސްޙާޤް އާދަމް ވަނީ، ގޭންގު ކްރައިމް އެންފޯސްމަންޓުގެ ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބު އާންމުކުރައްވައިފައެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ހަ ތަނެއް ބަލައި ފާސްކޮށް ހަތް މައްސަލައެއްގައި 11 މީހަކު ހައްޔަރުކޮށް ދެ މީހަކަށް ދައުވާކުރުމަށާއި ގޭންގު ކަނޑައެޅުމަށް އެއް ގްރޫޕެއް ޕްރޮސެކިއުޓަރު ޖެނެރަލަށް ފޮނުވާފައިވެއެވެ.

މައުޟޫޢުތަށް