ފޯނާ ކުޅެމުން ސައިކަލު ދުއްވައި، ފުލުހުންނަށް ފިލަން އުޅެނިކޮށް ވެއްޓުނު ފޯނާއެކު ފެނުނީ ޑުރަގު
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 12:54
ށ. ފުނަދޫގައި ފިރިހެނަކު ފޯނާ ކުޅެމުން ސައިކަލު ދުއްވަނިކޮށް، ފުލުހުން ހުއްޓުވަން އުޅުމުން ބާރު ސްޕީޑުގައި ދަނިކޮށް، އޭނާގެ އަތުން ވެއްޓުނު ފޯނާއެކު ޑުރަގު ޕެކެޓުތަކެއް ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އިއްޔެ ށ. އަތޮޅުން ދެ މީހަކު ހައްޔަރުުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފުނަދޫ މަގުމަތިން ކަމަށާއި އެއީ 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.