ރިޓަޔާވުމަށްފަހު އަލުން ވަޒީފާ އަދާކުރަން ފަށާނަމަ ޕެންޝަން ނުލިބޭގޮތް ހަދައިފި

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 1:44

ވަޒީފާއިން ރިޓަޔާކުރުމަށްފަހު، އަލުން ސަރުކާރުގެ ވަޒީފާއަށް ނުކުންނަ ނަމަ، ރިޓަޔަމަންޓް ޕެންޝަން ލިބުން ހުއްޓޭ ގޮތަށް ސިވިލް ސާވިސް ގަވައިދު މިއަދު އިސްލާހުކޮށްފިއެވެ.

ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފައިވާއިރު، އެ ގަވައިދުގައިވަނީ ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެމަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

މިގޮތުން ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް ވެސް ގަވައިދުގައިވެއެވެ.

މައުޟޫޢުތަށް