ދަތުރުތަކަށް ބަޖެޓަށް ވުރެން އިތުރަށް 17.3 މިލިއަން ހަރަދުކޮށްފި
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 2:09
މި އަހަރު ދައުލަތުން ދަތުރުތައް ކުރުމަށް ފާސްކޮށްފައިވާ 249.1 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެން އިތުރަށް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް, 17.3 މިލިއަން ރުފިޔާ އެކަމަށް ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަ ކުރި ދައުލަތުގެ ހަރަދުބަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު, މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުފަތުރަށް ދައުލަތުން ވަނީ 266.4 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެއީ ފާސްކުރި ބަޖެޓަށް ވުރެން 17.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު އެ މުއްދަތަށް ދަތުރު ފަތުރަށް ހޭދަކޮށްފައިވަނީ, 259.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު އެ މުއްދަތުގައި ކުރި ހޭދަ މި ވަނީ މިދިޔަ އަހަރަށް ވުރެވެސް 6.9 މިލިއަން ރުފިޔާ އިތުރުވެފައެވެ.