ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި ކެޓްރީނާ އަންނާނެ ދުވަހެއް ނޭނގޭ
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 2:22
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ހަދައިފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ގްލޯބަލް އެމްބެސެޑަރެއް ކަމަށްވާ، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް ރާއްޖެ އަންނާނެ ތާރީޚެއް މިހާތަނަށް އަންގައިފައި ނެތް ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ މިއަދު ވިދާޅުވެއްޖެއެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރަަކަށް ކެޓްރީނާ އައްޔަންކޮށްފައިވާކަން އެ ކުންފުނިން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ 10ގައެވެ. އެ އެމްބެސެޑާޝިޕްގެ ދަށުން ކެޓްރީނާ ރާއްޖެ އިޝްތިހާރުކޮށް، އޭނާގެ ތަޖުރިބާތައް ހިއްސާކުރާނެ ކަމަށް އޭރު ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިއުރީ ފާހަގަކުރެއްވީ، ކެޓްރީނާއަށް ވަރަށް ފަހުން ދަރިއެއް ލިބިފައިވާ ކަމެވެ.