ޑްރޯންއިން ފަޔާވޯކްސް ފެންނަ ޝޯއަކާއެކު، އާ އަހަރުގެ ފެސްޓިވަލް ތިން ދުވަހަށް

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 2:45

މި އަހަރު ފެށުމަށް ބޭއްވި ފެސްޓިވަލްއާ އެއްގޮތަށް، އަންނަ އަހަރު ފެށުމާ ދިމާކޮށް ވެސް ހުޅުމާލޭގައި ފުޑް އެންޑް ކަލްޗާ ފެސްޓިވަލްއެއް ބާއްވާނެ ކަމަށާއި، އެ ފެސްޓިވަލްގައި ރާއްޖޭގައި އަލަށް 'ޕައިރޯ ޑްރޯން' ޝޯއެއް ބާއްވާނެ ކަމަށް ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ މިއަދު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިއުރީ ވިދާޅުވީ މިދިޔަ އަހަރު ފެސްޓިވަލް ބޭއްވީ އެންމެ ދުވަހަށް ނަމަވެސް، އެ އަހަރު ލިބުނު ތަރުހީބަށް ބަލައި، މި އަހަރުގެ ފެސްޓިވަލް ތިން ދުވަހު ކުރިއަށްގެންދަން ނިންމައިފައިވާ ކަމަށެވެ. އެއީ މިއަދު ހަވީރު 16:00އިން ފަށައިގެން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އޭނާ ވިދާޅުވީ އެ ފެސްޓިވަލް ބާއްވަނީ އެކި ރޮނގުތަކުން ދިވެހީންނަށް ލިބުނު ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. އެގޮތުން ކުޑަކުދިންނާއެކު އާއިލާތަކަށް ބައިވެރިވެވޭނެ ގޮތަށް، އެކި ހަރަކާތްތައް އެ ފެސްޓިވަލްގައި ކުރިއަށްގެންދާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

މައުޟޫޢުތަށް