ކުށުގެ ރެކޯޑު އޮންނަ މީހުންނާއެކު 300އެއްހާ ކުދިން އެބައުޅޭ، ބެލެނިވެރިންނާއެކު ޚާއްސަ މަސައްކަތެއް ވަނީ ފަށައިފަ: ފުލުހުން

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 3:18

ކުށުގެ ރެކޯޑު އޮންނަ މީހުންނާއެކު ކުށުގެ ވެށީގައި އުޅޭ 300 އެއްހާ ކުދިންގެ މައުލޫމާތު އެއްކޮށް، އެ ކުދިންގެ ބެލެނިވެރިންނާއެކީ ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑު ސުޕްރިންޓެންޑެންޓު މުޙައްމަދު ޝަރީފް ވިދާޅުވީ، ކުށުގެ ވެށީގައި ކުށުގެ ރެކޯޑު އޮންނަ މީހުންނާ އެކީ ހަރަކާތްތެރިވާ 300އެއްހާ ކުދިންގެ މައުލޫމާތު އެއްކުރެވި ލިސްޓުކުރެވިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، އެ ކުދިންގެ ބެލެނިވެރިންނާ ގުޅިގެން ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް