ސަންގަށް ގިނައިން ފައިސާ ލިބޭ ގޮތްވީ މޮޅަށް ހިންގުމުން، ޕޮއިންޓު ދިނުމުގައި ބައިވެރިއެއް ނުވަން: އަސްވާޑު

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 3:59

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭއިރު، ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)ގެ މަސްލަހަތު އޮތް ސަންގު މީޑިއާއަށް ގިނައިން ފައިސާ ލިބޭ ގޮތް ވަނީ، އެ ތަން މޮޅަށް ހިންގައިފައި އޮތުމުން އޭނާ މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، މި އަހަރު މީޑިއާތަކަށް 27.9 މިލިއަން ރުފިޔާ ދޭން ހަމަޖެހިފައިވެއެވެ.

އެ ފައިސާ ދިނުމަށް ޕޮއިންޓު ދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ ޔޫތު މިނިސްޓްރީ ހަވާލުވެގެންނެވެ. އެ މިނިސްޓްރީން އެކުލަވާލި ލިސްޓުން އެންމެ ގިނަ ޕޮއިންޓާއެކު، އެންމެ ގިނައިން ފައިސާ ލިބޭ ގޮތަށް އޮތީ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު ސަންގު އޮންލައިނަށް ވަކިން 1.3 މިލިއަން ރުފިޔާ ލިބެއެވެ. އެއީ ސަންގަށް ޖުމުލަ 5.1 މިލިއަން ރުފިޔާއެވެ.

މައުޟޫޢުތަށް