ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ރިޕޯޓުކުރުން އިތުރުވެއްޖެ، ނަމަވެސް ލަހުން ހުށަހަޅާތީ ދަތިވޭ: ފުލުހުން

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 4:20

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓުކުރުން އިތުރު ނަމަވެސް، މައްސަލަތައް ލަހުން ރިޕޯޓުކުރާތީ ތަހުގީގުކުރަން ދަތި ކަމަށް ބުނެ، ލަސްނުކޮށް މައްސަލަ ހުށަހަޅަން ފުލުހުން އެދިއްޖެއެވެ.

ރާއްޖެއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ގިނަ ގައުމެއް ނަމަވެސް، އެފަދަ މައްސަލަަތައް ހިނގާ މިންވަރާ އަޅައިބަލާއިރު ރިޕޯޓު ކުރުން މަދުވުމުގެ ކަންބޮޑުވުން އޮވެއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑު ސުޕްރިންޓެންޑެންޓު މުޙައްމަދު ޝަރީފް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުށަހަޅާ މިންވަރު އިތުރު ކަމަށާއި، ނަމަވެސް އެފަދަ މައްސަލަތައް ހުށަހެޅުން ލަސްކަން ފާހަގަވާ ކަމަށެވެ.

މައުޟޫޢުތަށް