ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލެވޭ ގޮތް ހެދީ ގާނޫނާ ޚިލާފަށް: ޣަފޫރު
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 4:55
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމި އެ އަތޮޅު ހިރިމަރަދޫ ރައްޔިތުން، ހަނިމާދުއަށް ވޯޓުލާން ޖެހޭ ގޮތަށް ނިންމުމަކީ ގާނޫނާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް، އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
'އެކްސް'ގައި ޣަފޫރު މިފަދައިން ޕޯސްޓެއް ކުރައްވާފައި ވަނީ އާބާދީ ވަރަށް މަދު ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމަވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަރާރެއް ނެރުއްވާފައި ވަނިކޮށެވެ.
"ލޯކަލް ކައުންސިލް އިންތިޚާބު ހިރިމަރަދޫގައި ނުބާއްވައި، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި ވޯޓުލާން ޖެހޭ ގޮތަށް މިއަދު ނިންމި ނިންމުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު ނިންމުމެއް،" އޭނާ ލިޔުއްވާފައިވެއެވެ.