ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް އޮންލައިން ޕްރޮގްރާމްތައް އެބަ ހިންގާ، އެފަދަ ސަނަދުތައް ގަބޫލެއް ނުކުރާނަން: އެމްކިއުއޭ

ސަން

30 ޑިސެމްބަރު 2025 | އަންގާރަ | 7:42

ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް އޮންލައިން ޕްރޮގްރާމްތައް ހިންގާ، އެފަދަ ސަނަދުތައް ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ.

އެމްކިއުއޭއިން މިއަދު ކުރި އިއުލާނުގައި ބުނީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑް ތަކަށް އެ އޮތޯރިޓީން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ޕްރޮގްރާމް ހިންގާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް ހިންގާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމަށް މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް މިހާތަނަށް އެ އޮތޯރިޓީން ހުއްދަ ދީފައި ނުވާނެ ކަމަށް ބުނެފައިވެއެވެ.

މައުޟޫޢުތަށް