ރައީސްގެ މަންދޫބެއްގެ ގޮތުގައި ޚާލިދާ ޒިއާގެ ޖަނާޒާއަށް ހައިދަރު
ސަން
31 ޑިސެމްބަރު 2025 | ބުދަ | 8:48
ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ބޭގަމް ޚާލިދާ ޒިޔާ ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާގޮތަށް މިއަދު ހަމަޖައްސަވައިފިއެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އިއްޔެ ހެނދުނު އަވަހާރަވުމާ ގުޅިގެން ރައީސް ވަނީ ބަނގްލަދޭޝްގެ ރައްޔިތުންނާ މަރުޙޫމާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
މިނިސްޓަރު ޙައިދަރު، ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެންބަރުންނާއި ބައްދަލުކުރައްވައި ރައީސް މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.