ވަޅިން ހަމަލާދީ އަނބިމީހާ މަރާލަން އުޅުމުގެ ތުހުމަތުވާ މީހާ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް
ސަން
31 ޑިސެމްބަރު 2025 | ބުދަ | 8:54
އަނބިމީހާއަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ މެދުރާއްޖެތެރޭގެ ރަށެއްގައި މިދިޔަ އަހަރު ހިނގި ހާދިސާއެއްގައި، ދިވެހި ފިރިހެނަކު އޭނާގެ އަންހެނުންނަށް ވަޅިން ބިރު ދެއްކި މައްސަލައެކެވެ. މި މައްސަލައަކީ އާއްމުކޮށް ހުޅުވައިނުލާ ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލައެއްކަމުން މައްސަލައިގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ.
އަނބިމީހާއަށް ވަޅިން ހަމަލާދީ، މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން އެ މީހާ، ޝަރިއަތް ނިމެންދެން ބަންދުކޮށްފައި ހުރުމަށް ފަހު އޭނާ ބަންދުން ދޫކޮށްލާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހައިކޯޓުންނެވެ. އެއީ، އޭނާގެ ބަންދާ މެދު ރަށު ކޯޓުން ނިންމި ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.