މަންޑޭގެ ޕާޓްނަރު ޖައިޝާން 159 އަހަރަށް ޖަލަށް

ސަން

31 ޑިސެމްބަރު 2025 | ބުދަ | 11:50

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) އާއެކު އެ ޖަރީމާގައި ބައިވެރިވި ރ.އަލިފުށި/ކިނާރާގެ، ޖައިޝާން ސައީދު, 159 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކޭޕާކް ޖަރީމާގައި މަންޑޭއާއެކު ބައިވެރިވި, ޖައިޝާން ސައީދުގެ މައްޗަށް 89 ދައުވާއެއް ސާބިތުވިއެވެ.

ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 41 ދައުވާއާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 44 ދައުވާ އާއި މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާއެވެ.

މައުޟޫޢުތަށް