އާ ގަވައިދުގައި އަންހެން ސިވިލް ސާވަންޓުން އިސްތަށިގަނޑުގައި ކުލަޖެއްސުން ވެސް މަނާ
ސަން
31 ޑިސެމްބަރު 2025 | ބުދަ | 11:58
ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގައި އަމަލުކުރަންޖެހޭ އާ ގަވައިދުގައި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ވެސް މަނާ ކަމެއް ކަމަށް ކަނޑައަޅައިފިއެވެ.
ރޭ އާންމުކުރި އާ ގަަވަައިދުގައިވާ ގޮތުން އޮފީހަށް ހާޒިރުވާންވާނީ ސާފުތާހިރުކަންމަތީ މުޖުތަމަޢުގެ އާންމު އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށެވެ.
އެގޮތުން ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅުމާއި މޭކަޕްކުރުމަކީ ހުއްދަކަމެއް ކަމަށް ގަވައިދުގައިވަނީ ބުނެފައެވެ. އަދި އިސްތަށިގަނޑު ހުންނަންވާނީ ރީތިކޮށް ކަމަށް ވެސް ވެއެވެ.