ނ. އަތޮޅުގައި ތަރައްގީކުރާ 790 މިލިއަން ޑޮލަރުގެ ޓައުންޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި
ސަން
31 ޑިސެމްބަރު 2025 | ބުދަ | 12:57
"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ނަމުގައި ނ. އަތޮޅުގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި، އެ މަޝްރޫއު ހަވާލުކުރީ ކްރިސްޓަލް ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކެވެ.
ނ. އަތޮޅުގައި ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރާ، ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވަނީ 2028 ވަނަ އަހަރެވެ.