މަންޑޭ 397 އަހަރަށް ޖަލަށް: "މިއީ ވަކި ވިސްނުމަކާއި އަމާޒެއްގެ ނަތީޖާ"
ސަން
31 ޑިސެމްބަރު 2025 | ބުދަ | 1:52
ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، އެ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ), 397 އަހަރަށް ޖަލަށް ލުމަށް މިއަދު ހުކުމް ކޮށްފައިވާއިރު, މިއީ ވަކި ވިސްނުމަކާއި އަމާޒަކަށް މަސައްކަތް ކުރެއްވުމުގެ ނަތީޖާ ކަމަށް, އެ މައްސަލައިގައި ދައުވާ އުފުލިއިރު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަކަށް ހުންނެވި, ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
މަންޑޭ 397 އަހަރަށް ޖަލަށް ލުމުގެ އިތުރުން, މަނީ ލޯންޑްރިންގެ ކުށުގައި އޭނާ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރިއެވެ.
މިއީ މިހާތަނަށް ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.