ބައްސާމް، 1 މިލިއަން ޑޮލަރު މައްސަލައިގެ ހުކުމް އާދިއްތަ ދުވަހު

ސަން

31 ޑިސެމްބަރު 2025 | ބުދަ | 2:34

އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއްގެ ހުކުމް އާދިއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ.

ބައްސާމްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ.

ފީފާގެ ބަހެއް ނެތި މި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ބައްސާމުގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

މައުޟޫޢުތަށް