ޔާމީންގެ މަރު: އުމުރަށް ޖަލަށްލި 2 މީހުންގެ ހުކުމް ބާތިލުކޮށް، އަލުން ބަލަން އަންގައިފި

ސަން

31 ޑިސެމްބަރު 2025 | ބުދަ | 3:29

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ ހުކުމް ބާތިލުކޮށް، ކުށް ސާބިތުނުވެ ސަލާމަތްވީ ދެ މީހުންގެ މައްސަލައާ އެކު މުޅި މައްސަލަ އަލުން ބަލަން ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޔާމީން ރަޝީދު މަރާލީ އޭޕްރީލް 23، 2017 ގައި އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އޭނާގެ ހަށިގަނޑުގެ 30 ތަނަކަށް ހަމަލާ ދީފައިވެއެވެ.

މި މައްސަލައިގައި ކުށް ސާބިތުވީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މައްސަލައިގައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

މައުޟޫޢުތަށް