22 ދުވަސް ތެރޭ 96 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް

ސަން

31 ޑިސެމްބަރު 2025 | ބުދަ | 3:40

ބާވީސް ދުވަހުގެ ތެރޭގައި 96 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނައިރު، އެ ފަދަ ތަންތަން ބަންދުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މި މަހު ނުވައެއްގައި ވަނީ ފަށާފައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް ހިންގާ ވިޔަފާރިތައް ބަންދު ކުރުމަށް ފެށި އޮޕަރޭޝަނުގައި މިއަދާ ހަމައަށް 96 ތަނެއް ބަންދު ކުރެވިފައިވާ ކަމަށެވެ.

މައުޟޫޢުތަށް