ހަނިމާދުއަށް މީހުން ބަދަލުކުރި ގަރާރާ ގުޅިގެން ހިރިމަރަދޫ: ކަންބޮޑުވުމެއް ނެތް، ރައްޔިތުން ތިބީ އުފަލުން
ސަން
31 ޑިސެމްބަރު 2025 | ބުދަ | 4:15
ހދ. ހިރިމަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމަށް ނިންމަވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ގަރާރާ މެދު އެންމެ ކަންބޮޑުވުމެއް ވެސް ނެތް ކަމަށާއި ރަށު ރައްޔިތުން ތިބީ އުފަލުން ކަމަށް ހިރިމަރަދޫން މިއަދު ބުނެފިއެވެ.
'ސަން'އިން ސުވާލުކުރުމުން ހިރިމަރަދޫ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ވަހީދު މިއަދު ވިދާޅުވީ، ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށް، ދޮޅު އަހަރު ދުވަހުގެ ތެރޭ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ވީ އެންމެ އަވަހަށް ހަނިމާދުއަށް ބަދަލުވާން ކަމަށެވެ.
"މީގެ އެތައް އަހަރެއް ކުރިން ޕެޓިޝަން ހުށަހަޅައި އެތައް ސަރުކާރެއްގައި ސަލާން ޖަހަމުން ދިޔަ ކަމެއް [ރަށު ރައްޔިތުން ބަދަލުކުރުމަށް]، ރަށުގެ މީހުން [އެހެން ރަށަކަށް] ބަދަލުކޮށްދިނުން އެއްވެސް ގޮތެއް ނެތީމާ، ދެން އެ ހިސާބަށް އައިސް މި ވެރިކަމުގައި އޭގެ އަލިމަގެއް ފެނުނީ،" ވަޙީދު ވިދާޅުވިއެވެ.