"ޕްރޮޖެކްޓް އައިލާ'' ޓައުންޝިޕްއަކީ، ޚާއްސަ އިގުތިޞާދީ ސަރަހައްދެއް ކަމަށް ކަނޑައަޅުއްވައިފި
ސަން
31 ޑިސެމްބަރު 2025 | ބުދަ | 6:11
"ޕްރޮޖެކްޓް އައިލާ"ގެ ނަމުގައި ދެމެހެއްޓެނިވި ޓައުންޝިޕެއްގެ ގޮތުގައި ޚާއްސަ އިގުތިޞާދީ ސަރަހައްދެއް (އެސްއީޒެޑް) އެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ނަމުގައި ނ. އަތޮޅުގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން، 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓުގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފައެވެ.
ނ. އަތޮޅުގައި ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރާ، ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވަނީ 2028 ވަނަ އަހަރެވެ.