މެރަނާ ސްކީމްގެ ދަށުން ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންގެ ބޭސް ފަރުވާގެ 65 ޕަސެންޓު އާސަންދައިން ހަމަޖައްސައިފި
ސަން
31 ޑިސެމްބަރު 2025 | ބުދަ | 5:17
މެރަނާ ސްކީމްގެ ދަށުން ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް މާދަމާއިން ފެށިގެން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
"މެރަނާ" ސްކީމަކީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ދިނުމަށް ކުރިއަށް ގެންދާ ސްކީމެކެވެ.
އެ ސްކީމްގެ ޚިދުމަތް ފުޅާކޮށް، ޖެނުއަރީ އެކެއްވާ މާދަމާއިން ފެށިގެން މިހާރު މިވަނީ ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންނަށް ވެސް އެ ޚިދުމަތް ފުޅާކޮށްފައެވެ. އެހެންކަމުން މެރަނާ ސްކީމްގެ ދަށުން ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންނަށް ބޭސްފަރުވާއަށް ހިނގާ ޚަރަދުގެ 65 ޕަސެންޓާ ހަމައަށް އާސަންދައިގެ ދަށުން ދެން ހަމަޖައްސައިދޭނެއެވެ.