ކޮޅިގަނޑެއްގައި ފުރާޅު އެއްލައިލި އައްޑޫގެ ހަތަރު ގެޔަކަށް އެމްއެންޑީއެފުން އެހީވެއްޖެ
ސަން
31 ޑިސެމްބަރު 2025 | ބުދަ | 8:12
ކޮޅިގަނޑެއްގައި ފުރާޅު އެއްލައިލި، އައްޑޫގެ ހަތަރު ގެއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، ވިއްސާރައާއެކު، އެރި ކޮޅިގަނޑެއްގައި ހަތަރު ގެއެއްގެ ފުރާޅު އެއްލައިލި ކަމަށެވެ.
މިގޮތުން، ރޭ 23:20ހާއިރު ފުރާޅު އެއްލައިލީ، ހިތަދޫ އާލިއާ މަންޒިލްގެ ކަމަށްވާއިރު، މިއަދު ހެނދުނު ވަނީ، އިތުރު ތިން ގޭގެ ފުރާޅު އެއްލާލައިފައެވެ. އެއީ، ހިތަދޫ ބިންމާގެއާއި މަރަދޫ އެމާލްޑްގެއާއި މީދޫ މޫންޝެޑޯގެއެވެ.