ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ވޯޓުލާގޮތް ހެދީ މަޝްވަރާނުކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

ސަން

31 ޑިސެމްބަރު 2025 | ބުދަ | 7:34

ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް އަންނަ ކައުންސިލު އިންތިޚާބުގައި ވޯޓުލާ ގޮތް ހެދީ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް އަންނަ އިންތިޚާބުގައި ވޯޓުލާން ޖެހޭ ގޮތަށް ހެދީ ގާނޫނާ ޚިލާފަށް ކަމަށް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަރާރެއް ނެރުއްވައި ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ވޯޓުލާން ޖެހޭ ގޮތަށް ކަނޑައަޅުއްވާފައި ވަނީ، ހިރިމަރަދޫގައި 4.1 މިލިއަން ރުފިޔާއަށް ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމްކުރުމަށް އިއުލާނުކޮށްފައި ވަނިކޮށް ކަމަށެވެ.

މައުޟޫޢުތަށް