ސެނަހިޔާ ހިމެނޭހެން، ހަތް ކުލިނިކަކުން ނަފުސާނީ ބައްޔަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ދެނީ

ސަން

31 ޑިސެމްބަރު 2025 | ބުދަ | 5:15

މާދަމާ ފެށޭ އައު އަހަރާއެކު، ހަތް ކުލިނިކަކުން ނަފުސާނީ ބައްޔަށް ހިނގާ ޚަރަދެއް އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިއަދު އިއުލާންކޮށްފިއެވެ.

އަންނަ ޖަނަވަރީ އެކަކުން ފެށިގެން, ނަފުސާނީ ބަލިތަކުގެ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖައްސާނެ ކަމަށް، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ނޮވެންބަރު 17ގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވިއެވެ.

އެންސްޕާއިން އަންނަ އަހަރު ފަށާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ހަފުލާއެއްގައި އެ އިދާރާއިން ވަނީ، އާސަންދައިން ހުރިހާ ޚަރަދެއް ދޭނީ ހަތް ތަނަކަށް ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް