ސިއްހީ މަރުކަޒުތަކުގެ މެޑިކަލް ސްޓޮކް މިނިސްޓްރީއަށް ފެންނަ ގޮތް ހިމެނޭހެން އައު ސޮފްޓްވެއާތަކެއް ބޭނުންކުރަން ފަށައިފި
ސަން
31 ޑިސެމްބަރު 2025 | ބުދަ | 7:49
ސިއްހީ މަރުކަޒުތަކުން ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި އަލަށް ސޮފްޓްވެއާތަކެއް ތައާރަފުކޮށް، މިއަދު ބޭނުންކުރަން ފަށައިފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މި ސޮފްޓްވެއާތައް ލޯންޗުކޮށްދެއްވީ، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
އަލަށް ތައާރަފުކުރި ސޮފްޓްވެއާތަކުގެ ތެރޭގައި ހިމެނެނީ، ހެލްތު މިނިސްޓްރީއާއި ސިއްހީ މަރުކަޒުތަކާމެދު ކުރެވޭ މުއާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް ތައާރަފުކުރި ސޮފްޓްވެއާއަކާއި، ސިއްހީ ޚިދުމަތްދޭ ތަންތަނުން ބަލަހައްޓާ މެޑިކަލް ސްޓޮކް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ވަގުތުން މިނިސްޓްރީއަށް ފެންނަ ސޮފްޓްވެއާކެވެ.