ވިލުފުށްޓާއި ތުޅާދޫގެ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އަންނަ މަހު 11ގައި ހުޅުވާލަނީ

ސަން

31 ޑިސެމްބަރު 2025 | ބުދަ | 5:45

ތ. ވިލުފުށްޓާއި ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހުގެ 11ގައި ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކުރި ދެ އިއުލާނެއްގައިވަނީ، ވިލުފުށްޓާއި ތުޅާދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ދެ ރަށުގައި އަޅައިފައިވާ ހައުސިން ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 11އިން ފެށިގެން ފޯމް ހުށަހެޅޭނެ ކަމަށެވެ.

އެ ސްކީމްތަކާ ބެހޭ މައުލޫމާތު، ވިލުފުށްޓާއި ތުޅާދޫން ހައުސިން ޔުނިޓު ދޫކުރުމާ ބެހޭ އުސޫލުތަކުގައި ހިމަނައިފައިވާނެ ކަމަށް އެ ދެ އިއުލާނުގައިވެއެވެ.

މައުޟޫޢުތަށް