ލޮލުގެ ފެނުން ގެއްލި އާމްދަނީ ނުލިބި ހުރި ޚިދުމަތްތެރި ޝައިޚަށް، އިސްލާމިކް މިނިސްޓްރީން ވަޒީފާއެއް

ސަން

31 ޑިސެމްބަރު 2025 | ބުދަ | 7:15

އަހަރުތަކެއް ވަންދެން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)އަށް އާމްދަނީ ނުލިބި ހުއްޓައި، އިސްލާމިކް މިނިސްޓްރީން ވަޒީފާއެއް ހަމަޖައްސައިދީފިއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޝައިޚް ނައިފަރީއާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ވުޒާރާގެ 'ދައުވާ އެންޑް ގައިޑެންސް ސެކްޝަން'ގެ ވާއިޡު މުޝްރިކްގެ މަގާމަށް ޝައިޚް އައްޔަންކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިއީ ޕަބްލިކް ސާވިސް ރޭންކު ހަތެއްގެ ވަޒީފާއެއް ކަމަށެވެ. އަދި އެއީ 14،225 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް