އައު އަހަރުގެ ހަރަކާތްތަކާ ގުޅިގެން މިރޭ ހުޅުމާލޭގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް
ސަން
31 ޑިސެމްބަރު 2025 | ބުދަ | 9:06
އައު އަހަރު ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން ގިނަ ބަޔަކު ހުޅުމާލެއަށް އަރައި ފައިބާނެތީ، ޓްރެފިކް ފްލޯ ބާރުބޮޑުވާނެ ކަމަށް ބެލެވޭތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެފަދައިން ބުނެފައި ވަނީ މިއަހަރުގެ އެންމެ ފަހު ދުވަސް ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވާފައިވަނިކޮށެވެ. މި ހަރަކާތްތަކުގެ ތެރެއިން ގިނަ ހަރަކާތްތައް ކުރިއަށްގެންދަން ރާވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.
ފުލުހުން ބުނީ މި ހަރަކާތްތަކާ ގުޅިގެން އެކި އުމުރުފުރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލެއަށް އަރާ ފައިބާނެ ކަމަށާއި އެކަމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.