މާދަމާއިން ފެށިގެން ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތް ހަދައިފި

ސަން

31 ޑިސެމްބަރު 2025 | ބުދަ | 11:01

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖީސްޓްރީ ކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޫކުރަމުން އައި، ގަރާޖު ކުރުމުގެ ހުއްދަ ދޫކުރުން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ގަރާޖު ހުއްދަ ދެން ހުށަހަޅަން ނުޖެހުނު ނަމަވެސް މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، އިމާރާތުގައި ހަދާ ގަރާޖު ބޭނުންކުރުމުގެ ހުއްދަ އެ ކޯޕަރޭޝަނުން ނަގަންޖެހޭނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތަށް އަންނަ މަހު އެކަކުން ފެށިގެން ބަދަލުކުރާނެ ކަމަށް ބުނެފައެވެ. އެއާއެކު ދެން ގަރާޖެއް އޮތުން ލާޒިމް ނޫންކަމަށް ބުނެ ބައެއް ވާހަކަތައް އާންމުންގެ މެދުގައި ދެކެވުނެވެ.

މައުޟޫޢުތަށް