ހެދުން އެޅުމުގެ ގަވައިދަށް ޝާހިދު: އެ އުޅެނީ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން

ސަން

31 ޑިސެމްބަރު 2025 | ބުދަ | 9:52

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އާ ގަވައިދަކީ، އަންހެނުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރުން ކަމަށާއި އެއީ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެެއްޖެއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ ޑްރެސް ކޯޑަށް މިހާރު ގެނެސްފައިވާ ބަދަލަކީ ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެއީ ހައްގުތައް ނިގުޅައިގަތުމުގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.

އަދި އެ ފިޔަވަޅުތަކަކީ އަންހެނުންނަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ބުނެވެނީ އެއީ، އާއްމު ތަންތަނުގައި އަންހެނުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މައުޟޫޢުތަށް