މި އަހަރު ވާނީ ރައްޔިތުން އެދޭ އަމާޒަށް ގެންގޮސް ދިނުމުގައި އިތުރު ކާމިޔާބީ ހާސިލުކުރާނެ އަހަރަކަށް: ރައީސް
ސަން
1 ޖެނުއަރީ 2026 | ބުރާސްފަތި | 11:02
މި އަހަރު ވާނީ، ރައްޔިތުންގެ އެދޭ އަމާޒަށް ވާސިލުވުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބު ހާސިލުކުރާނެ އަހަރަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އައު އަހަރުގެ ތަހުނިޔާ ފޮނުއްވައި، އެ މަނިކުފާނު ފޮނުއްވި ޚިތާބުގައި ވިދާޅުވީ، އައު އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތު ކަމަށެވެ.
މި އަހަރު ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭނެ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚު ކަމަށެވެ.