އުމްރާ ކުރަނިކޮށް، ހާޓް އެޓޭކެއް ޖެހި ދިވެއްސަކު މަރުވެއްޖެ
ސަން
1 ޖެނުއަރީ 2026 | ބުރާސްފަތި | 11:41
އަލް މަނާސިކް ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ރޭ އަޅުކަމުގައި އުޅެނިކޮށް މަރުވެއްޖެއެވެ.
އެ ގުރޫޕުން 'ސަން'އަށް ބުނި ގޮތުގައި، މަރުވީ، މ. ސައްކެޔޮމާގޭ މުހައްމަދު އިމްތިޔާޒެވެ. އެއީ، 60 އަހަރުގެ މީހެކެވެ.
އެ ގުރޫޕުން ބުނީ، އިމްތިޔާޒް މަރުވީ، ޞަފާ އާއި މަރުވާއާ ދެމެދު ހިނގަނިކޮށް، ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. އަދި، މަރުވީ ބަލިވެ، އުޅެފައި ނޫން ކަމަށް އެ ގުރޫޕުން ފާހަގަކުރިއެވެ.