މި އަހަރުގެ އަޒުމަކަށް ވާން ޖެހޭނީ، ޚުދުމުހުތާރު ވެރިއަކަށް ގައުމު ބައިބައިކޮށްލުމުގެ ފުރުސަތު ނުދިނުން: ފައްޔާޒް

ސަން

1 ޖެނުއަރީ 2026 | ބުރާސްފަތި | 2:16

މިނިވަންކަމަށް ލޯބިކުރާ ކޮންމެ ދިވެއްސެއްގެ މި އަހަރުގެ އަޒުމަކަށް ވާން ޖެހޭނީ، ގައުމު ބައިބައިކޮށްލުމުގެ ފުރުސަތު ޚުދުމުޚުތާރު ވެރިއަކަށް ނުދިނުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިގޮތުން، ސަރުކާރަށް ދެ އަހަރު ވީއިރު، ސާފުވި އެންމެ ބޮޑު ހަގީގަތަކީ، ގައުމެއް ހިންގުމުގެ އެއްވެސް ތަޞައްވުރެއް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކިބައިގައި ނެތްކަން ކަމަށް ފައްޔާޒް ތުހުމަތުކުރެއްވިއެވެ.

މައުޟޫޢުތަށް