ދުވާފަރު ފުއްޓަރު ފަރާތުން ފަތާފައި ގޮސް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައިގައި 3 މީހުން ހައްޔަރުކޮށްފި
ސަން
1 ޖެނުއަރީ 2026 | ބުރާސްފަތި | 12:44
ނ. ވެލިދޫން، ރ. ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް، ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި، ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ދުވާފަރު ޕޮލިހާއި ކައުންޓާ ނަކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައި ވަނީ ރ. މާކުރަތު، ގުލްފާމުގެ، ޢަބްދުﷲ ޙައްސާން (39އ) އާއި ރ. ދުވާފަރު، އުޖާލާއަލި، ޢަބްދުﷲ ޝާއިފް (25އ) އަދި ރ. ދުވާފަރު، މެހެލި، އިސްމާޢީލް މުޙައްމަދު (21އ) އެވެ.
މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި، ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށާއި، އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ ދުވާފަރު މަގުމަތިން ކަމަށް ވެސް ފުލުހުން ބުންޏެވެ.