ރާއްޖެއަށް އަލަށް އައި ޖަރުމަނުގެ ދެމަފިރިން، މި އަހަރުގެ ފުރަތަމަ ފަތުރުވެރިންނަށް
ސަން
1 ޖެނުއަރީ 2026 | ބުރާސްފަތި | 1:09
މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު މަރުހަބާ ކިޔައިފިއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި، މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަގަބު ހޯދައިފައިވަނީ އެތިހާދު އެއާވޭސްއިން ރާއްޖެ އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާއެވެ.
އުމުރުން 54 އަހަރުގެ އެ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ އަންހެނުންނާއެކު ކަމަށްވާއިރު، މިއީ އެ ދެމަފިރިން ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށް އެ ކުންފުނިން ބުންޏެވެ.