20 އަހަރު ފަހުން ލިބުނު ފިރިހެން ދަރިފުޅު އަށް މަހުގައި މަރުވުން: އައިޖީއެމްއެޗުން މައާފަށް އެދިއްޖެ

ސަން

1 ޖެނުއަރީ 2026 | ބުރާސްފަތި | 3:31

މިދިޔަ ޖުލައި މަހު ފަހުކޮޅު، ވިހި އަހަރަށް ވުރެ ގިނަ ދުވަސްވީ ކައިވެންޏަކަށް ލިބުނު އަށް މަހުގެ ކުއްޖަކު މަރުވި މައްސަލައެއްގައި، އާއިލާއިން ކުރި ތުހުމަތުތަކަށް ޖަވާބު ދިނުމަށް ފަހުގައި، އައިޖީއެމްއެޗުން މައާފަށް އެދިއްޖެއެވެ.

މިދިޔަ ޖުލައި މަހު 28ގައި، ނިޔާވީ، ޔޫނުސް ޙުސައިން އަބްދުﷲއެވެ. އެ ކަމުގައި ޔޫނުސްގެ އާއިލާއިން ގިނަ ތުހުމަތުތަކެއް އޭރު އަމާޒުކުރީ، އައިޖީއެމްއެޗަށެވެ.

އޭރު 'ސަން'އިން ސުވާލުކުރުމުން އެ ހޮސްޕިޓަލުން ވަނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް